މަޖުނޫނުގެ ރަސްމީ ޕޯސްޓަރާއި ޓީޒާ ދައްކާލައިފި

ފާތިމަތު ނަހުލާގެ ކުރިއަށް އޮތް ފިލްމު "މަޖުނޫނު"ގެ ރަސްމީ ޕޯސްޓަރާއި ޓީޒާ ދައްކާލައިފި އެވެ.

ރީތި މޮޅު ފިލްމުތަކެއް ގެނެސްދީފައިވާ ނަހްލާގެ "މަޖުނޫނު" ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮކްޓޫބަރު 26 ގައެވެ.

ނަހްލާގެ ފިލްމު ކުންފުނި — ކްރިސްޓަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމަކީ ނަހލާ، ލިޔެ، ޑައިރެޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތް ކުރިއަށްދާއިރު މި ފިލްމު ލީޑް ތަރިންނަކީ އަހްމަދު ޝާރިފާއި މަރިޔަމް ޝިފާ އެވެ. މިއީ މި ދެ ތަރިން ނަހްލާގެ ފިލްމެއްގައި ލީޑް ރޯލުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

މަޖުނޫނުގައި ފެނިގެންދާ އިތުރު ތަރިންނަކީ އަހްމަދު އީސަ (އާނަންދު) އާއި، ވާޝިޔާ މުހައްމަދާއި ނަހުލާގެ ހަގު ދަރިފުޅު ލަޔާލީ ސިނާން (ލާލީ) އާއި މާމަދަރިފުޅު އެވްލިން ފިރާޝް (އެވްލީ)ގެ އިތުރުން އަލީ އާޒިމް (ދޮންއައްޔަ) އަދި ސާމީ ހުސައިން އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *