ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިއަށް އޮތް ހުކުރު ދުވަހު އައްޑޫއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ރައީސް ޔާމީން ރޭ ވިދާޅުވީ އައްޑޫއަށް ވަޑައިގަންނަވަނީ ސިޔާސީ މަސައްކަތަށް ކަމަށާއި މި ދަތުރުފުޅުގެ ތެރެއިން ޕީއެންއެފްގެ ޓައުންހޯލް ޖަލްސާއެއް އޮންނާނެ ކަމަށެވެ.
ރައީސް ޔާމީން ތިނަދޫ ސިޓީ އާއި ފުވައްމަލަކު ސިޓީއަށްވެސް މިދިޔަ މަހުގެ ތެރޭގައި ދަތުރުފުޅެއް ކުރައްވާފަ އެވެ.
ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޔާމީންގެ ނަމުގައި ޕީއެންއެފް އުފެއްދީ 2023ގެ ފަހުކޮޅު އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ގެންދަވަނީ ތައްޔާރުވަމުންނެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކެއް އަދިވެސް ކޯޓުތަކުގައި ހިނގަމުންވެސް އެބަދެ އެވެ.




