ކަރަންޓު ކެނޑިގެން ހިދުމަތަށް ބުރުލެއް އަރާފައެއް ނުވޭ: ހަލީމް

މާލެ ސަރަހައްދުން މިއަދު ކަރަންޓް ދިޔަ ނަމަވެސް މިސަރަހައްދުގައި ސަރުކާރުން ހިންގާ އެއްވެސް ހޮސްޕިޓަލެއްގައި ތިބި ބަލި މީހުންނަށް ހިދުމަތް ދިނުމުގައި ބުރުލެއް އަރާފައި ނުވާ ކަމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލުން ބުނެފި އެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލުން ހިންގާ ހޮސްޕިޓަލްތަކަކީ އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލް އެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މާލެ އަދި ހުޅުމާލެ އިން މިއަދު ކަރަންޓް ދިޔައިރު ވިލިމާލެ ފިޔަވައި އެ ގުރޫޕުން ހިންގާ އެހެން ހޮސްޕިޓަލްތަކުންވެސް ކަރަންޓް ދިޔަ ކަމަށެވެ. ނަމަވެސް ބެކަޕް ސިސްޓަމް ބޭނުންކޮށްގެން ކްރިޓިކަލް އޭރިއާތަކަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދީފައިވާ ކަމަށް ރައްޒާގު ވިދާޅުވި އެވެ.

"ޕޭޝަންޓް ކެއާއަށް މިކަމުގެ ސަބަބުން ބުރުލެއް ނާދޭ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓް ދީފައިވާ ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލް އަދި ތެލެސީމިއާ ސެންޓަރު މިވަގުތު ހިންގަނީ ބެކަޕް ސިސްޓަމް ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ކަރަންޓް ދެވިފައިވާ ކަމަށް ސްޓެލްކޯ އިން ވެސް ޔަގީންކޮށްދެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *