ކަރަންޓު ކެނޑުނު މައްސަލަ ތަކުރާރު ނުވާނެހެން ފިޔަވަޅު އަޅާނަން: ފަހުމީ

މާލެ، ހުޅުލެ އަދި ހުޅުމާލެ އިން މިއަދު ކަރަންޓް ކެނޑިފައިވާތީ އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ފިޔަވަޅު އަޅާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގްރޭޓަ މާލެ އިންޓަކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.

"މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް އަލުން ވަނީ ފޯރުކޮށްދެވިފައި،" ފަހްމީ ވިދާޅުވި އެވެ.

ފަހްމީ ވަނީ ކަރަންޓުގެ ހިދުމަތް އަލުން ދިނުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

މީގެ އިތުރުން އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފަ އެވެ.

"މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މައާފަށް އެދެން. އަދި މިއަދު ގްރޭޓާމާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާ ގުޅުންހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ފަހްމީ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *