ސިފައިންގެ މައި މަރުކަޒު — ބަންޑާރަ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހިފައި ހުއްޓާ ފެނުނީ އެމްއެންޑީއެފްގެ ސާޖެންޓެއްގެ ރޭންކުގައި ހުރި ލ. މާމެންދުއަށް އުފަން އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.
އޭނާ ދަންޖެހިފައި ހުރީ ސިފައިންގެ މައި މަރުކަޒުގެ ފާހާނާއެއްގައެވެ.
ފާހާނާ ތެރެއިން އޭނާ ފެނުމާ އެކު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭރު އޭނާ އޮތީ މަރުވެފައި ކަމަށްވެ އެެވެ.
ފުލުހުން ބުނީ ބަންޑާރަ ކޮށީގައި މީހަކު މަރުވެފައިވާ މައްސަލަ ރިޕޯޓްކޮށްފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
ފުލުހުން މައްސަލަ ބަލާތީ އެމްއެންޑީއެފް އިންވެސް މިމައްސަލައިގައި ވާހަކައެއް ނުދައްކަ އެވެ.




