ދިވެހި ހާޖީންގެ ހާލު ރަނގަޅު، މިރޭ މިނާއަށް އަށް ވަންނާނެ: ސަރުކާރު

ދިވެހި ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅުކަމަށާއި މިރޭ ހަޖީން މިނާއަށް ދާނެކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފިއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހާޖީންވެސް މިވަގުތު ތިބީ މައްކާގައެވެ. ހުރިހާ ހާޖީންގެވެސް ހާލު ރަނގަޅުކަމަށް ހައްޖު މިޝަންއިން ބުނެއެވެ.

ދިވެހި ހައްޖާޖީން މިރޭ މިނާއަށް ދާން ފަށާނެކަމަށް ދިވެހި ހައްޖު މިޝަނުން ބުނެއެވެ. އެހެންކަމުން ދިވެހި ހައްޖާޖީން މާދަމާ ތިބޭނީ މިނާ ޓެންޓުތަކުގައެވެ.

ހައްޖުގެ އަޅުކަން ފުރިހަމަ ކުރަން ހައްޖާޖީން އަރާފާތަށް ވަންނަން ފާށަނީ މާދަމާރެއެވެ. އަދި ބުރާސްފަތި ދުވަސް އެއްކޮށް އަރަފާތު ޓެންޓްތަކުގައި ތިބުމަށްފަހު އަރަފާތު ބިމުން ނުކުންނާނީ ހައްޖު ދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހުކުރު ވިލޭރޭ ހުރިހާ ހައްޖުވެރިން ރޭ ކުރާނީ މުޒްދަލިފާގައެވެ.

މިއަހަރުގެ އަރަފާތު ދުވަހު އާދަޔާ ހިލާފަށް ހޫނު ވާނެތީ ހައްޖުވެރިން އަރަފާތުގައި ހުންނަ ޓެންޓްތުތަކުން ނުނިކުތުމަށް ސައުދީ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިދިޔަ ދެތިން ދުވަހު ހޫނު ގަދަވަގެން 46 މީހަކަށް ހީޓް ސްޓްރޯކް ޖެހިފައިވާކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *