ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިރޭގެ ވަގުތެއްގައި މާރާމާރީ ހިންގީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ޓަވަރު ދޭއް ކައިރީގައި އޮންނަ ޕާކް ސަރަހައްދުގައި ކަމަށެވެ

ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަަމަކަށް ނުބުނެ އެވެ.

ޒަހަމްވި ބިދޭސީ މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މާރާމާރީއާ ގުޅޭ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *