މަސްހިފަން އުޅެނިކޮށް ގެއްލުނު މީހާ ނިޔާވެއްޖެ

ލ. ގަން ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މަހަކަންފުށި ކައިރީގައި މަސްހިފަން މޫދަށް ފައިބައި އުޅެނިކޮށް ގެއްލުނު މީހާ ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ ލ. ގަން، ތުނޑީ، ފެސްފަރީ އަބްދުލްސަމަދު މުހައްމަދު (65އ) އެވެ.

ގަމުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ދާ ޖަހައިގެން މަސްހިފަން އަބްދުލްސަމަދު ދިޔައީ އިތުރު ބަޔަކާ އެކުގަ އެވެ.

މަސްހިފަން ފައިބައިގެން އުޅެނިކޮށް ސަމަދު ގެއްލިގެން އެކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 9:50 ހާއިރު އެވެ.

އަބްދުލްސަމަދު ހޯދުމުގެ މަސައްކަތް ގަމުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރަމުން ދަނިކޮށް ފެނުނީ ފަޅުރަށް ކައިރިން މޫދު އަޑިންނެވެ.

އެ ރަށުން ވާހަކަ ދެއްކި މީހާ ބުނި އަބްދުއްސަމަދު ނަގައިގެން ގަމު ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އަބްދުއްސަމަދު ނިޔާވިކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *