އަވަށްޓެރި ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެދިއްޖެ

އަވަށްޓެރި ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދަތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އަވަށްޓެރި ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުން ދާތީ މަދިރި ހެފުމުން ރައްކާތެރިވުމަށް އެދިފަ އެވެ.

ޗިކުންގުންޔާއިން ސަމާލުވުމަށްޓަކައި ކުރެވިދާނެ ކަންކަން:
މަދިރި އާލާވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުން
މަދިރި ފަނި ނައްތާލަން ބީޓީއައި ނުވަތަ ޓެމިފޯސް ބޭނުންކުރުން
ހަށިގަނޑު ވީހާވެސް ބޮޑަށް ނިވާވާ ގޮތަށް ހެދުން އެޅުން
މަދިރި ސްޕްރޭ ބޭނުންކުރުން
މަދިރި ދާ ޖެހުން

އެޗްޕީއޭއިން ބުނީ މަދިރި އެންމެ އާންމުކޮށް އުޅޭނީ ހެނދުނާއި ހަވީރު ކަމަށާއި އީޑީސް މަދިރި އާއްމު ގޮތެއްގައި މީހުންގެ ގައިގައި ހަފަނީ ދުވާލު ގަޑީގައި ކަމަށެވެ. ނަމަވެސް ހުރިހާ ގަޑިއެއްގައިވެސް މަދިރި ހެފުމުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށްވެސް އެދިފަ އެވެ.

ކުރިއަށް އޮތީ ބޮޑު އީދުގެ ބަންދު ދުވަސްތައް ކަމަށްވާތީ ގިނަ ބަޔަކު ދަނީ ރާއްޖެއިން ބޭރަށާއި އަތޮޅު ތެރޭގެ ރަށްތަކަށް ދަތުުރުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *