ލ. ގަމު ލިންކް ރޯޑުގައި އަނިޔާވި އެކަކު މާލެ ގެނެސްފި

ލ. ގަމު ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު މާލެ ގެނެސްފި އެވެ.

ފުލުހުން ބުނި ގޮތުގައި ލިންކް ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި ހިނގި މި އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ ރޭ 7:03 ހާއިރު އެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނާތު ފައިގެ ދެ ތަނަކުން ބިނދި ބޯ ފެޅި އިތުރު އަނިޔާވެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި ސައިކަލުގެ ފަހަތުގައި އިނީވެސް އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެކްސިޑެންޓްގައި އޭނާގެ ބޯ ދެ ތަނަކުން ފެޅިފައިވާ ކަމަށާއި ކަނާތު ފައިގެ ދެ ތަނަކުން ބިނދި އިތުރު އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްގައި ކާރު ދުއްވި 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެކްސިޑެންޓްގައި ކާރާއި ސައިކަލަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *