ކޮޅިގަނޑެއްގައި ހުޅުމާލެއަށް ގެއްލުންތަކެއް

ހުޅުމާލެއަށް މިރޭ އައި ކޮޅިގަނޑެއްގައި ގެއްލުންތަކެއް ވެއްޖެ އެވެ.

ކޮޅިގަނޑު އައި ވަގުތު ހުޅުމާލެއަށް 54 މޭލު ބާރުމިނުގައި ވައި ޖެހުނެވެ.

ކޮޅިގަނޑުގައި ވަނީ ހުޅުމާލޭގެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓުމުގެ އިތުރުން ނިރޮޅުމަގުގައި ހުރި ގަހެއްގެ ގޮފިގަނޑު ވީދައިގެން ގޮސްފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕާކް ކޮށްފައި ހުރި ސައިކަލްތަކެއްވެސް ވަނީ އެއްލާލާފަ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސްވެފައިވާއިރު އެންމެ ބޮޑަށް މޫސުން ގޯސްވީ އުތުރުގެ އަތޮޅުތަކަށެވެ. އެހެންވެ ކުޅުދުއްފުށްޓަށް މިއަދު ދަތުރުކުރި މޯލްޑިވިއަންގެ ބޯޓެއްވެސް ވަނީ ދަތުރުގެ ވަކި ހިސާބަކުން އަނބުރާފައި އައިސް ވީއައިއޭ އަށް ޖައްސާފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ނެރެފައިވާ އެލާޓްގައިވާ ގޮތުން މިރޭ 9:00 އިން ދަންވަރު 3:00އާ ހަމައަށް ބޯކޮށް ވާރޭވަހުމާ އެކު ގުގުރާނެ ވެ. އަދި އެ ވަގުތުގެ ތެރޭގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *