މަޖީދީމަގުގައި ޕާކުކޮށްގެން 74 ވެހިކަލް ފުލުހުން ހިފަހައްޓައިފި

މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނެކަން އެނގިފަހުން މިހާތަނަށް 74 ވެހިކަލް ފުލުހުން ހިފަހައްޓައިފިއެވެ.

މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފުލުހުން ނިންމާ އެކަން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ފުލުހުން ބުނީ އެ ދުވަހުން ފެށިގެން މިހާތަނަށް 74 ވެހިކަލް ފުލުހުން ޓޯކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 69 އުޅަނދާއި ހަތަރު ފުރޮޅުލީ ހަތަރު އުޅަނދު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މަޖީދީމަގުގައި ޕާކުކޮށްފި ނަމަ އެ ވެހިކަލެއް ދުއްވި މީހާއަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން މިހާރު ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަޖީދީމަގުގައި ޓޯ ކޮށްގެން ނަގާ ވެހިކަލެއް އަނބުރާ ލިބޭނީ 2 ދުވަސް ފަހުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *