ވީއައިއޭގައި ޓޯ-ބަލެސް ވެހިކަލް ބޭނުންކުރަން ފަށަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޓޯ-ބަލެސް ވެހިކަލްގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ޓޯ-ބަލެސް ވެހިކަލްއަކީ އެއާޕޯޓްގެ އޭޕްރަން އިން ރަންވޭއަށް ފްލައިޓް ގެންދަން ބޭނުންކުރާ ވެހިކަލް އެކެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އިންޑަސްޓްރީ-ސްޓޭންޑަޑްގެ ޓޯ-ބަލެސް ވެހިކަލް ބޭނުންކުރަން ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

މި ވެހިކަލް އޮޕަރޭޓްކުރާނެ 8 މުވައްޒަފުން ތަމްރީނުކޮށް ފައިނަލް ރިސްކް އެސެސްމަންޓަށް ތައްޔާރުވެފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

ޓޯ-ބަލެސް ވެހިކަލް ބޭނުންކުރަން ފެށުުން އޮޕަރޭޝަން އެފިޝިއަންސީ 60 ޕަސެންޓް އިތުރުވާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ. އަދި މިހާރު ބޭނުންކުރާ މިފަދަ ވެހިކަލްތަކާ ހިލާފަށް އަލަށް ބޭނުންކުރާ ޓީޕީއެކްސް-200އެމްޓީއެކްސް މޮޑެލްގެ ވެހިކަލްގައި ޑްރައިވަރަށް ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނާނެ އެވެ.

މީގެ އިތުރުން މިއީ ކޯޑް "ސީ" ގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް "އީ" ގެ ހުރިހާ މަތިންދާބޯޓުތަކަށްވެސް ހިދުމަތް ދެވޭނެ ވެހިކަލްއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *