މިއުޒިކްގެ ހިދުމަތްތެރިޔާ މެލްބެ ނިޔާވެއްޖެ

ރާއްޖޭގައި އެންމެ ފުރަތަމަ މިއުޒިކް ބޭންޑްތައް އުފައްދައިގެން މިއުޒިކް ކުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ އުސްހަކުރު އަހްމަދު ވަހީދު (މެލްބެ) ނިޔާވެއްޖެ އެވެ.

އަލިބެ މިއަދު ނިޔާވީ ހިތުގެ ބައްޔާއި ކިޑްނީ ފެއިލްވެ ޑައިލަސިސް ހައްދަވަމުން ގެންދަވާތާ ދުވަސްތަކެއްވީ ފަހުންނެވެ.

ރާއްޖޭގައި 1960 ވަނަ އަހަރުން ފެށިގެން މިއުޒިކް ކުޅުއްވަމުން ގެންދެވި މެލްބެ ވަނީ "ސިލޫޓްސް"ގެ ނަމުގައި އުފެއްދި ބޭންޑެއްގައި އިސްދައުރެއް އަދާކުރައްވައި ވިޔަފާރި އުސޫލުން މިއުޒިކް ކުޅުއްވާފަ އެވެ.

ގިނަ އިންސްޓްރޫމަންޓްތަކެއް ކުޅުއްވި މެލްބެ އަކީ މިއުޒިކް ދަސްކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

މެލްބެ އަކީ އަކީ ދިވެހި ދައުލަތަށްވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ހެލްތު މިނިސްޓްރީ ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *