ޙާޖީ އެމްވީގެ ނަމުގައި ހައްޖާއި އުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ އެޕެއް ނެރެފި އެވެ.
ADS BY Sosun Fihaara
ހާޖީ އެމްވީ އެޕަކީ ފަސޭހައިން ހައްޖާއި އުމްރާއާ ބެހޭ މައުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ.
މީގެ އިތުރުން ޒިކުރުކުރުމާއި ޠަވާފާއި ސައުޔުގެ އަދަދު ކަށަވަރު ކުރާނެ ގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުއާތަކާއި ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯވެސް އެޕްގެ ތެރެއިން ބެލެން ހުރެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ މި އެޕްގެ ފުރަތަމަ ވާޝަން ކަމަށާއި މި އެޕް އިތުރަށް ތަރައްގީ ކުރެވިގެން ދާނެ ކަމަށެވެ.
މި އެޕްގެ އަމާޒަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުން ކަމަށާއި އެޕްގައި ހިމެނޭ ހުރިހާ މައުލޫމާތަކީ މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތެކެއް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ މި އެޕްގެ ސަބަބުން ދުއާ ފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެކަނި މިދާއިރާއާ ގުޅޭ މައުލޫމާތު ހޯދޭނެ ކަމަށެވެ.




