133 ފުލުހަކު ހުވާކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި އެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަބްދުލް ނާސިރު ޝަފީގު އެވެ.

މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 133 ފުލުހުންނެވެ. އެއީ އަންހެން 34 ފުލުހުންނާއި ފިރިހެން 99 ފުލުހުންނެވެ. ހުވާކުރުމަށްފަހު އެ ފުލުހުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ހެޑް އޮފް ވޯކްފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން ޝަރީފާއި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިލްޔާސް މުހައްމަދު ބައިވެރިވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *