ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ

ސިފައިންގެ ކުންފުނި — ސިވެކްގެ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ދިވެއްސެއްކަން ޅ. އަތޮޅު ހޮސްޕިޓަލުން ޔަގީންކޮށްދެ އެވެ. އެ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް އިތުރު ފަސް މީހަކު ގެންދިޔަ ކަމަށާއި އިތުރު މީހުންވެސް ގެންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ކަމަށެވެ.

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލިއިރު އެ އުޅަނދުގައި ތިބި މީހުންގެ އަދަދާ ގުޅޭގޮތުންވެސް އެމްއެންޑީއެފް އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *