ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތަށް ބަދަލުތަކެއް ގެނެސްފި

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް އެއް ވަގުތެއްގައި ހިފެހެއްޓުމަށް ނިންމާ، ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރަންވީ ވަގުތުތައް މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުގެ ލަފާއާއެކު ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ނިންމުން މިހާރު ވަނީ ކައުންސިލްތަކަށް އަންގާފައި ކަމަށެވެ. އެގޮތަށް ކަނޑައަޅާފައިވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގިއާއި ގަމަތާއި ދެމެދު އެއް ވަގުތެއް ހިފެހެއްޓުމަށް ކަމަށްވެސް ބުންޏެވެ.

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުގެ ލަފާއާއެކު ނިންމާފައިވަނީ ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި އަސްރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި 8 މިނެޓު އަދި އިޝާ ނަމާދުގައި 10 މިނެޓް ކަނޑައެޅުމަށެވެ.

މި ނިންމުމަކީ ބަންގިއާއި ގަމަތާއި ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާއްމުންގެ ޝަކުވާ މިނިސްޓްރީއަށް ލިބޭތީ އެކަމަށް ރިއާޔަތްކޮށްގެން ނިންމި ނިންމުމެއް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *