ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސި މީހަކު ހައްޔަރުކޮށްފި

ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ސައިކަލެއްގައި ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖެއްސި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ބަހާރުވިލާ، ޔޫނުސް ޚަލީލް އަބްދުﷲ (18 އ) އެވެ.

ފުލުހުން ބުނީ މިރޭ 8:20 ހާއިރު ހުޅުމާލޭގެ ޖަވާހިރުމާ ހިނގުމުގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް ޖަހައިގެން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ މަގުން އިރަށް ޔޫނުސް ސައިކަލެއްގައި ދުއްވާފައި ދަނިކޮށް މަޑުކުރަން އެންގުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ގޮސް ފުލުހެއްގެ ގައިގައި ޖައްސާފައިވާ ކަމަށެވެ.

ސައިކަލުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރަށް އަނިޔާވެފައިވާ ކަަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އެކަމަކު އަނިޔާގެ ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

ޔޫނުސްގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *