ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ފަންޑުން 5،000 ރުފިޔާ އިއްޔެ ޖަމާކޮށްދީފި އެވެ.
މިއީ މިދިޔަ އަހަރު ޖަމާކުރި އަދަދާ އަޅާބަލާއިރު 1،000 ރުފިޔާ ބޮޑު އަދަދެވެ. ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް މިދިޔަ އަހަރު ޒަކާތު ފަންޑުން ޖަމާކޮށްދިނީ 4،000 ރުފިޔާ އެވެ.
ފަގީރުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީވެފައިވަނީ 2،852 މީހުންނެވެ.
މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު ލިބިފައިވަނީ 13.2 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ލިބުނީ 12.7 މިލިއަން ރުފިޔާ އެވެ.
ޒަކާތުގެ ހައުސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރަކީ ފިތުރު ޒަކާތުގެ ގޮތުގައިވެސް އެންމެ ބޮޑު އަދަދެއް ޖަމާކުރި އަހަރެވެ.




