މާދަމާ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ގޯސްވި ނަމަވެސް މާދަމާ މޫސުން ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ މިރެއާއި މާދަމާ ހެނދުނު ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރެއަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ.

މިރެއާއި މާދަމާ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެ އެވެ،

މެޓް އޮފީހުން ލަފާކޮށްފައިވަނީ މޫސުން ރަނގަޅު ވާނީ މާދަމާ މެންދުރުފަހުން ފެށިގެން ކަމަށެވެ.

މޫސުމަށް ބަލައިގެން ނޫނީ ދަތުރު ނުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *