ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި

ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައި، އެ ތަނަކީ ފޮރިން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.

ރާއްޖޭގެ އެމްބަސީއެއް ގަތަރުގައި އުފެއްދެވީ ރާއްޖެއާއި ގަތަރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި ތައުލީމީ، ސިޔާސީ، އިގްތިސާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެ އާއި ގަތަރާ ދެމެދުގައި އެންމެ ފުރަތަމަ ހާރިޖީ ގުޅުން ގާއިމުކުރީ މެއި 26، 1984 ގައެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ގަތަރާއި ސައުދި އަރަބިއްޔާގެ ގުޅުން ގޯސްވެ ސައުދީގެ ޕްރެޝަރަށް ރާއްޖެއިން ވަނީ ގަތަރާއެކު އޮތް ހާރިޖީ ގުޅުން ކަނޑާލާފަ އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާޗު 15، 2021 ގައި ރާއްޖެއިން ވަނީ ގަތަރާ އެކު އަލުން ގުޅުން ގާއިމްކޮށްފަ އެވެ.

ގަތަރުން ވަނީ މިދިޔަ އަހަރު ރާއްޖެއަށް ނޮން-ރެސިޑެންޓް ސަފީރެއް ކަނޑައަޅާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *