ފައިނު އެކްސިޑެންޓް: ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި

ރ. ފައިނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެ އިތުރު ފަރުވާއަށް މާލެ ގެނައި ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި އެވެ.

މި އެކްސިޑެންޓް ހިނގީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލުގެ ދަރިވަރަކު ދުއްވި ސައިކަލެއް ރަށު ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހިގެންނެވެ.

އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންނަށް ފައިނު ސިއްހީ މަރުކަޒާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނެވެ.

އިތުރު ފަރުވާއަށް ދެ ކުދިންނާއި ޓީޗަރު މާލެ ގެނައީ ހުކުރު ދުވަހު ހެނދުނު އެވެ.

އެކްސިޑެންޓްގައި އަނިޔާވި ދެ ކުދިން ވެންޓިލޭޓަރުން ނެގި ނަމަވެސް އެ ދެ ކުދިންނަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ.

މި ހާދިސާގައި އަނިޔާވި ޓީޗަރަށް މިހާރުވެސް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗް އައިސީޔޫގައި ވެންޓިލޭޓަރުގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *