ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައި އޮތް އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު ބޭފުޅަކު ހަމަޖައްސައިފި އެވެ.
މި މަގާމަށް ހަމަޖެއްސީ ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަގާމުގައި މިހާތަނަށް ހުންނެވި ބަދުރުއްދީން ހަސަން އެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދުރު ހަމަޖައްސާފައި މިވަނީ އެސްޑީއެފްސީގައި އޮތް ސަރުކާރުގެ ހިއްސާ، ބީއެމްއެލްއަށް ގަނެ، ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި އެސްޑީއެފްސީ ހަމަޖެއްސުމަށްފަހު އެވެ.
އެސްޑީއެފްސީގައި އޮތް ސަރުކާރު ހިއްސާ ބީއެމްއެލްއަށް ގަތުމުގެ ކުރިން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އައިޝަތު ފިފްޝީން އަލީ އެވެ.




