ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 44.8 ޕަސެންޓް ޗުއްޓި ހޭދަކުރީ ކ. އަތޮޅުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި 1.49 މިލިއަން ފަތުރުވެރިންގެ ތެރެއިން 668،668 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގަ އެވެ.
ކ. އަތޮޅަށްފަހު ފަތުރުވެރިން ދެން އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ އދ. އަތޮޅުގަ އެވެ. އދ. އަތޮޅުގައި 130،318 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު އެއީ 8.7 ޕަސެންޓް ފަތުރުވެރިންނެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި އަތޮޅުތައް
ހއ. އަތޮޅު: 10،691 ފަތުރުވެރިން
ހދ އަތޮޅު: 4،071 ފަތުރުވެރިން
ށ. އަތޮޅު: 12،440 ފަތުރުވެރިން
ނ. އަތޮޅު: 68،876 ފަތުރުވެރިން
ރ. އަތޮޅު: 115،340 ފަތުރުވެރިން
ބ. އަތޮޅު: 80،995 ފަތުރުވެރިން
ޅ. އަތޮޅު: 67،764 ފަތުރުވެރިން
ކ. އަތޮޅު: 668،668 ފަތުރުވެރިން
އއ. އަތޮޅު: 97،343 ފަތުރުވެރިން
އދ. އަތޮޅު: 130،318 ފަތުރުވެރިން
ވ. އަތޮޅު: 48،952 ފަތުރުވެރިން
މ. އަތޮޅު: 16.675 ފަތުރުވެރިން
ފ. އަތޮޅު: 4،377 ފަތުރުވެރިން
ދ. އަތޮޅު: 74،634 ފަތުރުވެރިން
ތ. އަތޮޅު: 2،578 ފަތުރުވެރިން
ލ. އަތޮޅު: 5،048 ފަތުރުވެރިން
ގއ. އަތޮޅު: 20،951 ފަތުރުވެރިން
ގދ. އަތޮޅު: 12،980 ފަތުރުވެރިން
ޏ. އަތޮޅު: 5،229 ފަތުރުވެރިން
ސ. އަތޮޅު: 12،726 ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ވަގުތު ރާއްޖޭގައި 174 ރިސޯޓާއި 906 ގެސްޓްހައުސް އާއި 161 ސަފާރީ އުޅަނދު އަދި 16 ހޮޓާ ދަނީ އޮޕަރޭޓް ކުރަމުންނެވެ.




