އެމްއޭސީއެލް އިން ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ބަލަނީ

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްސީއެލް) އިން ކުރިން ހިންގަމުން ދިޔަ ނުވަ ޑޮމެސްޓިކް އެއާޕޯޓަކާ ހަވާލުވެ އެމްއޭސީއެލް އިން އެ އެއާޕޯޓްތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ އިސްވެރިންނާއި ޓެކްނިކަލް ބޭފުޅުން ހިމެނޭ ޓީމެއް މިހާރު ދަނީ ޑޮމެސްޓިކް އެއާޕޯޓްތަކަށް ޒިޔާރާތްކޮށް ހާލަތު ބަލަމުންދާ ކަމަށެވެ.

މީގެ އެއް ޓީމު ނިމުނު ހަފްތާގެ ތެރޭގައި ވަނީ ފުވައްމުލައް އެއާޕޯޓަށް ޒިޔާރަތްކޮށް އެތަނުގެ މުވައްޒަފުންނާ ބައްދަލުކޮށް، ތަނުގެ ހާލަތު ބަލާފަ އެވެ.

ޑޮމެސްޓިކް އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރީ އެ އެއާޕޯޓްތައް ހިންގަމުން ދިޔަ އާރުއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

މިބަދަލާ ގުޅިގެން ނުވަ އެއާޕޯޓެއް ހިންގުމާ އެމްއޭސީއެލް އިން ވަނީ ހަވާލުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *