ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1،520،699 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1،386،554 ފަތުރުވެރިންނަށްވުރެ 134،145 ފަތުރުވެރިން — 9.7 ޕަސެންޓް އިތުރުވުމެކެވެ.
ޓޫރިޒަމްގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ ގަދަ 10 ގައުމުން މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
ޗައިނާ – 240,828 ފަތުރުވެރިން
ރަޝިއާ – 182,315 ފަތުުރުވެރިން
އިނގިރޭސިވިލާތް – 136,619 ފަތުުރުވެރިން
އިޓަލީ – 107,736 ފަތުުރުވެރިން
ޖަރުމަނު – 104,764 ފަތުުރުވެރިން
އިންޑިއާ – 87,410 ފަތުުރުވެރިން
އެމެރިކާ – 44,418 ފަތުުރުވެރިން
ފްރާންސް – 41,477 ފަތުުރުވެރިން
ސްޕެއިން – 35,463 ފަތުުރުވެރިން
އޮސްޓްރޭލިއާ – 27,916 ފަތުރުވެރިން
ރާއްޖޭގައި ފަތުރުވެރިކަމަށް މި ވަގުތު 1،258 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 174 ރިސޯޓާއި 907 ގެސްޓްހައުސް އާއި 161 ސަފާރީ އަދި 16 ހޮޓާ ހިމެނެ އެވެ.




