އަލިބާބާ ވޯކްޝޮޕްގައި 260އަށް ވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެއްޖެ

ދިވެހި ވިޔަފާރިވެރިންނަށް އަލިބާބާގައި ތަކެތި ވިއްކުމަށް ހާއްސަކޮށް ބާއްވާ ވޯކްޝޮޕްގައި ބައިވެރިވުމަށް މިހާތަނަށް 260 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި އަލިބާބާ ގުޅިގެން ބާއްވާ މި ވޯކްޝޮޕް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު ބާސެލޯ ނަސަންދުރާގަ އެވެ.

ވޯކްޝޮޕް އޮންނާނީ އެ ދުވަހުގެ މެންދުރު 1:00 އިން ހަވީރު 3:30 އަށެވެ.

މި ވޯކްޝޮޕްގައި އަލިބާބާގައި ތަކެތި ވިއްކުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭ މައުލޫމާތު ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ދުނިޔޭގެ މަޝްހޫރު އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލާ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *