ދިރާގުން އައިފޯން 17 ޕްރޯއަށް ހުޅުވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފޯން ހުސްވެއްޖެ އެވެ.
އައިފޯން 17 ޕްރޯ އާއި ޕްރޯމެކްސް ޕްރީއޯޑަރަށް ދިރާގުން ހުޅުވާލީ ރޭ ދަންވަރު 12:01 ގައެވެ.
ދިރާގުން ބުނީ މިއަދު ހެނދުނު 10:30ވީއިރު އައިފޯން 17 ޕްރޯ ހުސްވެފައިވާ ކަމަށެވެ. ނަމަވެސް އައިފޯން 17 ޕްރޯ މެކްސް އާއި އައިފޯން 17 ކޮންމެވެސް ވަރަކަށް އެބަހުރި ކަމަށްވެސް ބުންޏެވެ.
ދިރާގުން ބުނީ އައިފޯންގެ ބައެއް ފޯންތައް ހުސްވި ނަމަވެސް އިތުރު ސްޓޮކެއް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.
އައިފޯން 17 އަކީ މި ސީރީޒްގެ އެންމެ ބާރުގަދަ އަދި އެންމެ ބޮޑު ބެޓަރީ ހިމެނޭ ފޯނެވެ.
އޮޕްޓިކަލް ޒޫމް އެންމެ ވަރުގަދަ ފޯނު ކެމަރާ އައިފޯން 17ގައި ހިމެނޭއިރު މީގެ ފޯންތަކުގައި ހިމެނޭ ތިން ކެމެރާއަކީވެސް 48 މެގަޕިކްސެލްގެ ކެމެރާ އެވެ.
އައިފޯން 17 ޕްރޯ މެކްސް ހަދާފައިވަނީ އައިފޯން 17 ޕްރޯއަށް ވުރެ ތަންކޮޅެއް ބޮޑުކޮށެވެ.




