ޗެނަލް ބްރިޖުގެ މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފި

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅައިދޭ ޗެނަލް ބްރިޖު ސަރަހައްދުގެ މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

އެޗްޑީސީން އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރީ އެ ސަރަހައްދަަކީ ވަރަށް ގިނަ ބަޔަކު މޫދަށް އެރޭ ސަރަހައްދަކަށްވާތީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

މީގެއިތުރުން ޗެނަލް ބްރިޖު ސަރަހައްދުގެ މޫދަކީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދާ އާލާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަކަށް ވުމަކީވެސް މިސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރި ސަބަބެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ޗެނަލް ބްރިޖު ސަރަހައްދުގައި ޖެޓްސްކީ އާއި ކުދި ޑިންގީތައް އާންމުކޮށް ދުއްވަ އެވެ. އެހެންވެ އާންމުން ދިޔައީ މީގެކުރިން އެކަމުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *