ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 185،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 185،735 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 178،150 ފަތުރުވެރިންނަށްވުރެ 4.3 ޕަސެންޓް އިތުރު އަދަދެކެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ.
ޓޫރިޒަމްގެ ގަދަ 10 ގައުމު
ރަޝިއާ – 25،530 ފަތުރުވެރިން
އިޓަލީ – 19،916 ފަތުރުވެރިން
އިނގިރޭސިވިލާތް – 16،573 ފަތުރުވެރިން
ޗައިނާ – 15،957 ފަތުރުވެރިން
ޖަރުމަނު – 11،651 ފަތުރުވެރިން
އިންޑިއާ – 6،922 ފަތުރުވެރިން
ފްރާންސް – 6،327 ފަތުރުވެރިން
އެމެރިކާ – 5،474 ފަތުރުވެރިން
ޕޮލެންޑް – 4،934 ފަތުރުވެރިން
އޮސްޓްރޭލިއާ – 3،641 ފަތުރުވެރިން
ފަތުރުވެރިންގެ ތެރެއިން 183،438 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 671 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 523 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 535 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މީގެ އިތުރުން މާމިގިލި އެއާޕޯޓުން 342 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 227 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ފެސިލިޓީތައް
ރިސޯޓު – 127،667 ފަތުރުވެރިން
ހޮޓެލްސް – 4،955 ފަތުރުވެރިން
ގެސްޓްހައުސް – 48،908 ފަތުރުވެރިން
ސަފާރީ އުޅަނދުތައް – 4،035 ފަތުރުވެރިން
އެހެނިހެން – 171 ފަތުރުވެރިން
ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 895 ގެސްޓްހައުސް އާއި 173 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 66،726 އެވެ.




