ދިރާގުޕޭއިން ދޭ 50،000 ރުފިޔާގެ ނަސީބުވެރިޔާ އިއުލާނުކޮށްފި

ދިރާގު ފިންޓެކްއިން ކުރިއަށް ގެންދިޔަ ދިރާގުޕޭ ޑައުންލޯޑުކޮށް ރަޖިސްޓަރީކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކީ މުހައްމަދު އިބްރާހިމް ކަމުގައި އިއުލާނުކޮށްފި އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވާފައިވަނީ ދިރާގުޕޭއަށް ރަޖިސްޓަރީކޮށްފައިވާ އަދި އަލަށް ރަޖިސްޓަރީކުރި ކަސްޓަމަރުންގެ މެދުގައި ގުރުއަތުލައިގެންނެވެ.

އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ޕްރޮމޯޝަންގައި ގިނަ އަދަދެއްގެ ކަސްޓަމަރުން ވަނީ ބައިވެރިވިކަން ދިރާގުން ފާހަގަކުރެ އެވެ.

ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެ އެވެ.

މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުނެފައިވެ އެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *