ޑީބީއެމްގެ ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ހުއްދަ ދޫކޮށްފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ހުއްދަ މަރުކަޒީ ބޭންކް — އެމްއެމްއޭ އިން މިއަދު ދޫކޮށްފި އެވެ.

ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިން ލައިސަންސް އެމްއެމްއޭ އިން ޑީބީއެމްއަށް ދޫކޮށްފައިވަނީ އޮކްޓޫބަރު 13، 2024 ގައެވެ.

ޑީބީއެމް އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދުމަށް ނޮވެމްބަރު 16، 2024 ގައި ހުޅުވި ތަނެކެވެ.

ޑީބީއެމް އަކީ ދިވެހި ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އޮންނަ ބޭންކެކެވެ.

އެމްއެމްއޭ އިން ބުނީ ޑީބީއެމްގެ ޚިދުމަތް ފެށުމުން ދިގު މުއްދަތުގެ މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެ ރާއްޖޭގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަދި މިއީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު މުހިއްމު ކުރިއެރުމެއް ކަމުގައިވެސް މިއޮތޯރިޓީން ފާހަގަކުރަމެވެ." އެމްއެމްއޭ އިން ނެރުނު ބަޔާނުގައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *