ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 200،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ބުދަ ދުވަހުގެ ނިޔަލަށް 200،801 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 193،174 ފަތުރުވެރިންނަށްވުރެ 3.9 ޕަސެންޓް އިތުރު އަދަދެކެވެ.
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 7،171 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
ޓޫރިޒަމްގެ ގަދަ 10 ގައުމު
ރަޝިއާ – 26،965 ފަތުރުވެރިން
އިޓަލީ – 21،137 ފަތުރުވެރިން
ޗައިނާ – 18،531 ފަތުރުވެރިން
އިނގިރޭސިވިލާތް – 18،105 ފަތުރުވެރިން
ޖަރުމަނު – 12،746 ފަތުރުވެރިން
އިންޑިއާ – 7،564 ފަތުރުވެރިން
ފްރާންސް – 6،904 ފަތުރުވެރިން
އެމެރިކާ – 5،790 ފަތުރުވެރިން
ޕޮލެންޑް – 5،376 ފަތުރުވެރިން
ކަޒަކިސްތާން – 3،830 ފަތުރުވެރިން
ފަތުރުވެރިންގެ ތެރެއިން 198،329 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 714 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 599 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 563 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މީގެ އިތުރުން މާމިގިލި އެއާޕޯޓުން 359 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 237 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ފެސިލިޓީތައް
ރިސޯޓު – 138،166 ފަތުރުވެރިން
ހޮޓެލްސް – 5،358 ފަތުރުވެރިން
ގެސްޓްހައުސް – 52،984 ފަތުރުވެރިން
ސަފާރީ އުޅަނދުތައް – 4،112 ފަތުރުވެރިން
ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 899 ގެސްޓްހައުސް އާއި 173 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 66،854 އެވެ.




