ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ

ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދިރާގަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ތެރެއިން 1.5 ބިލިއަން ރުފިޔާއަކީ މޯބައިލް ހިދުމަތްތަކުން ލިބުނު އާމްދަނީ އެވެ.

ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތްތަކުން 1.2 ބިލިއަން ރުފިޔާ ލިބުނުއިރު އެހެނިހެން ހިދުމަތްތަކުން 102 މިލިއަން ރުފިޔާ ލިބުނެވެ.

ހިންގުމުގެ ހަރަދަށް ކެނޑުމަށްފަހު ޓެކުހަށް ކެނޑުމުގެ ކުރިން ދިރާގަށް 1.1 ބިލިއަން ރުފިޔާ ވަނީ ފައިދާވެފަ އެވެ.

ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ދިރާގަށް ވަނީ 954 މިލިއަން ރުފިޔާ ފައިދާވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *