ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައަށް ޗައިނާ އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 285،127 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 35،123 ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ.
ޗައިނާއަކީ މިދިޔަ 2025 ވަނަ އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.
ޓޫރިޒަމްގެ ގަދަ 10 ގައުމު
ޗައިނާ – 35,123 ފަތުރުވެރިން
ރަޝިއާ – 35,112 ފަތުރުވެރިން
އިޓަލީ – 28,676 ފަތުރުވެރިން
އިނގިރޭސިވިލާތް – 26,285 ފަތުރުވެރިން
ޖަރުމަނު – 17,390 ފަތުރުވެރިން
އިންޑިއާ – 10,665 ފަތުރުވެރިން
ފްރާންސް – 9,779 ފަތުރުވެރިން
އެމެރިކާ – 7,726 ފަތުރުވެރިން
ޕޮލެންޑް – 7,529 ފަތުރުވެރިން
އޮސްޓްރިއާ – 6,140 ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 5.3 ޕަސެންޓް އިތުރުވެފަ އެވެ.




