ދިވެހި އިންޝުއަރެންސްގެ ރަމަޟާން ކެމްޕޭނުން 40،000 ރުފިޔާގެ ފައިސާގެ އިނާމެއް

ދިވެހި އިންޝުއަރެންސުން މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ސޯޝަލް މީޑިއާ ކެމްޕޭން، ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ދިވެހި އިންޝުއަރެންސުން ދިވެހިމޯމެންޓްސް — DhivehiMoments# ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕޭނަކީ ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ތަޖުރިބާތަކާއި ހަނދާންތައް އާންމުންނާ ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލައިގެން ހިންގާ ހަރަކާތެކެވެ. މި މުބާރާތަށް ވަނީ ޖުމްލަ 40،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފަ އެވެ.

މި ކެމްޕޭނުގެ މަގުސަދަކީ ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަތަކާއި ރޯދަމަހުގެ އުފާވެރި ވަގުތުތައް ފާހަގަކުރުން ކަމަށް ދިވެހި އިންޝުއަރެންސުން ވަނީ ބުނެފަ އެވެ.

އެ ގޮތުން އަޅުކަމުގެ ވަގުތުތަކާއި ރޯދަވީއްލުމުގެ ތައްޔާރީތަކާއި ހަވީރު ފިނިބުރު ޖެހުމާއި ރޭގަނޑު ރަހުމަތްތެރިންނާއެކު ހޭދަކުރާ މަޖާ ވަގުތުތައް ފަދަ ރޯދަމަހާ ގުޅޭ މަންޒަރުތައް މި މުބާރާތުގައި ހިއްސާކުރެވޭނެ އެވެ.

މި މުބާރާތް ކުރިއަށްދާނީ ޓިކްޓޮކް، އިންސްޓަގްރާމް، ފޭސްބުކް އަދި އެކްސް ގަ އެވެ.

ދިވެހި އިންޝުއަރެންސުން ބުނީ ސޯޝަލް މީޑިއާގެ ކޮންމެ ޕްލެޓްފޯމަކުން ހޮވޭ ނަސީބުވެރިއަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މުބާރާތުގައި މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް
މި މުބާރާތުގައި މާކްސް ދިނުމަށް ހަމަޖެހިފައިވަނީ އާންމުންގެ 70 ޕަސެންޓް އެންގޭޖްމަންޓް އަދި ޖަޖުންގެ ޕެނަލުން 30 ޕަސެންޓުންނެވެ.

އެ ގޮތުން އާންމުންގެ 70 ޕަސެންޓް މާކްސް ދިނުމުގައި ޕޯސްޓްގެ ވިއު އާއި ލައިކްސްގެ އިތުރުން ޝެއާކޮށްފައިވާ އަދަދަށް ބަލާނެ އެވެ.

ބާކީ 30 ޕަސެންޓް ސްކޯ ދޭނީ ދިވެހި އިންޝުއަރެންސްގެ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މިގޮތުން އުފެއްދުންތެރިކަމާއި ފޮޓޯ ނުވަތަ ވީޑިއޯގެ ފެންވަރަށާއި ރޯދަމަހުގެ ހަގީގީ ރޫހު ދައްކުވައިދޭ މިންވަރަށް ބަލާނެ ކަމަށް ދިވެހި އިންޝިއުރެންސުން ބުނެފައިިވެ އެވެ.

މި ކެމްޕޭނާ ގުޅޭ ގޮތުން ދިވެހި އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ މި ހަރަކާތުން މުޅި ރާއްޖޭގައި ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ތަފާތު ހަރަކާތްތައް ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މުބާރާތުގައި ބައިވެރިވާނެ ގޮތް
މުބާރާތަށް ޕޯސްޓްތައް ހުށަހެޅުމުގެ ފުރުސަތު ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފެށިގެން ފިތުރު އީދު ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ދިވެހި އިންޝިއުރެންސުން ބުނީ މުބާރާތުގެ ހަތަރު ނަސީބުވެރިން ހޮވާ އެ ފަރާތްތަކުގެ ނަންތައް ދިވެހި އިންޝުއަރެންސްގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި މާޗް 25 ވަނަ ދުވަހު އިއުލާނުކުރާނެ ކަމަށެވެ.

މި މުބާރާތުގެ އިތުރު މައުލޫމާތު ދިވެހި އިންޝިއުރެންސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *