ޣައްޒާގައި 5،000 ސިފައިންގެ ޖާގައިގެ އަސްކަރީ މަރުކަޒެއް އަޅަނީ

ޣައްޒާގައި 5،000 ސިފައިންގެ ޖާގައިގެ އަސްކަރީ މަރުކަޒެއް ބިނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ރާވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ބޯޑް އޮފް ޕީސް" ގެ ލިޔުންތަކާއި ހަވާލާދީ ދަ ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން މި މަރުކަޒު އަޅަނީ 350 އޭކަރުގެ ސަރަހައްދެއްގަ އެވެ.

މި މަރުކަޒަކީ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) ގެ އޮޕަރޭޓިން ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް ވަނީ ނިންމާފަ އެވެ. މި ލަޝްކަރަކީ އެކި ގައުމުތަކުގެ ސިފައިންގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ލަޝްކަރެކެވެ.

މި މަރުކަޒުގައި ހަތިޔާރު ތަމްރީންކުރާ ސަރަހައްދަކާއި ބަންކަރާއި އަސްކަރީ ސާނާމު ރައްކާކުރާ ގުދަން ހުންނާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި މަރުކަޒު ބިނާކުރަނީ އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ ސަރަހައްދެއްގަ އެވެ.

މި ލަޝްކަރަށް 8،000 ސިފައިން ފޮނުވުމަށް އިންޑޮނޭޝިއާ ސަރުކާރުން ހުށަހަޅާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *