އުފެއްދުންތެރިކަމުގެ މައުރަޒު އޮކްޓޫބަރު މަހު ބާއްވަނީ

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު މި އަހަރުގެ އޮކްޓޫބަރު މަހު ބޭއްވުމަށް ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހީންގެ އުފެއްދުންތެރިކަން ކުރިއަރުވައި، ދިވެހި ފަންނުވެރިންގެ ހުނަރާއި މަސައްކަތް ދައްކާލުމަށްޓަކައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒު "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އޮންނާނީ އޮކްޓޫބަރު 23 އިން 31 ވަނަ ދުވަހަށް ކަމަށެވެ.

މި އަހަރަކީ "އުފެއްދުންތެރިކަމުގެ އަހަރު" ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައި އެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ.

އެހެންވެ މިއަހަރުގެ މައުރަޒު ކުރިއަށް ދާނީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ދައްކާލެވޭ މައުރަޒާއެކު ދިވެހިންގެ މަސައްކަތްތެރި ކަމަށް އައިސްފައިވާ ކުރިއެރުމާއި އުފެއްދުންތެރި ކަމަށް އައިސްފައިވާ އަދި އަންނަމުންދާ ތަރައްގީ އާއި ކުރިއެރުން ފެންނާނެ ފަދަ ގޮތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން ކުރިއަށްގެންދާ މި މައުރަޒުވެސް އިންތިޒާމު ކުރާނީ ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިވާ ގޮތަށް ކަމަށާއި މި އަހަރުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތާއި މައުރަޒުގެ އުސޫލު މާޗް މަހު އިއުލާނު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *