ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޗެއާޕާސަންކަމުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ގ. ރޯސްއައިލެންޑް ނަޝްވާ އަބްދުﷲ ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނި ގޮތުގައި ނަޝްވާ އޭނާގެ މަގާމުން ވަކިކުރީ މިއަދު އެވެ.
އެފްޑީސީގެ ޗެއާޕާސަންގެ މަގާމަށް ނަޝްވާ އައްޔަން ކުރެއްވީ ޖެނުއަރީ 8، 2024 ގައި ޕީސީބީ އިންނެވެ.
ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ދާއިރާއިން ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުގައި ނަޝްވާ ވަނީ 16 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.
އެފްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހަ ބޭފުޅުން ތިއްބަވަ އެވެ.




