ރާއްޖޭގެ ޖުމްލަ ދަރަނި މިދިޔަ އަހަރު ނިމުނުއިރު 154.8 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ADS BY OOREDOO
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި ދަރަނީގެ ތެރޭގައި ބަޖެޓަރީ ސެންޓްރަލް ގަވަމެންޓް (ބީސީޖީ) ދަރަނީގެ އިތުރުން ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނިވެސް ހިމެނެ އެވެ.
ބީސީޖީ ދަރަނި މި އަހަރު ނިމުނުއިރު 134.3 ބިލިއަން ރުފިޔާގައި ހުރިއިރު ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނި ހުރީ 20.4 ބިލިއަން ރުފިޔާގަ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 133 ޕަސެންޓްގަ އެވެ.
ދަރަނީގެ ހިއްސާ ބެހިފައިވާ ގޮތް
ބޭރުގެ ދަރަނި: 63.1 ބިލިއަން ރުފިޔާ
އެތެރޭގެ ދަރަނި: 91.6 ބިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ނިމުނުއިރު ރާއްޖޭގެ ދަރަނި ހުރީ 144.9 ބިލިއަން ރުފިޔާގަ އެވެ.




