މިދިޔަ މަހު 247،722 ފަތުރުވެރިން

މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް 247،722 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަދަދަކީ މިދިޔަ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޒިޔާރަތްކުރި 214،091 ފަތުރުވެރިންނަށްވުރެ 15.7 ޕަސެންޓް އިތުރު އަދަދެކެވެ.

މި އަދަދާއެކު އަހަރުގެ ފުރަތަމަ ދެ މަސް ތެރޭގައި ރާއްޖެއަށް ޖުމްލަ 472،510 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ޓޫރިޒަމްގެ ގަދަ 10 ގައުމު
ޗައިނާ – 76,642 ފަތުރުވެރިން
ރަޝިއާ – 54,027 ފަތުރުވެރިން
އިޓަލީ – 46,257 ފަތުރުވެރިން
އިނގިރޭސިވިލާތް – 43,682 ފަތުރުވެރިން
ޖަރުމަނު – 28,949 ފަތުރުވެރިން
ފްރާންސް – 17,480 ފަތުރުވެރިން
އިންޑިއާ – 17,155 ފަތުރުވެރިން
އެމެރިކާ – 12,393 ފަތުރުވެރިން
ޕޮލެންޑް – 11,840 ފަތުރުވެރިން
ސްވިޓްޒަލޭންޑް – 10,138 ފަތުރުވެރިން

ފަތުރުވެރިންގެ ތެރެއިން 467,862 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރި ފެސިލިޓީތައް
ރިސޯޓު – 322,401 ފަތުރުވެރިން
ހޮޓެލްސް – 13,842 ފަތުރުވެރިން
ގެސްޓްހައުސް – 125,979 ފަތުރުވެރިން
ޓޫރިސްޓް އުޅަނދުތައް – 9,724 ފަތުރުވެރިން

ރާއްޖޭގައި މިވަގުތު 180 ރިސޯޓާއި 920 ގެސްޓްހައުސް އާއި 170 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،258 އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *