ސުކޫކުގެ ފައިސާ ދެއްކުމާއެކު ނަޝީދުގެ ތައުރީފް

އިތުރު ލޯނެއް ނުނަގައި، ސަރުކާރުން ސުކޫކަށް ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސް ކޮށްފައިވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.

ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި ހަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އިތުރު ދަރަންޏެއް ނުނަގައި، ސަރުކާރުން ސުކޫކް ބޮންޑަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރުމަކީ އެއީ ވަރަށް އުންމީދީ އަދި ހިތްހަމަޖެހޭ ކަމެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ 500 މިލިއަން ޑޮލަރާއި އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން ޑޮލަރާ އެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ސަރުކާރުން މިއަދު ސްކޫކަށް ދައްކާފައިވާ ކަމަށެވެ.

މީގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެކަން މިނިސްޓްރީން ފާހަގަކުރެ އެވެ.

މި ފައިސާ ދެއްކުމުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކުރި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކުރީގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *