ދެ ކިލޯއަށް ވުރެ ގިނަ ޑްރަގްސް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މަސްތުވާތަކެތި އަތުލައިގަތީ މިމަހުގެ 27 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުން ކަމަށެވެ.

އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނުގައި 2231 ގްރާމު ހުރި ކަމަށާއި އަތުލައިގަނެވިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތްއެމްފެޓަމީން ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދީފައިވެ އެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީގެ އަގު 4.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

މިމައްސަލައިގައި އެއްވެސް މީހަކު ހިފެހެއްޓި ކަމަކަށް ކަސްޓަމްސް އިން ބުނެފައެއް ނުވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *