ޖޫން މަހު އަގުތައް މައްޗަށް

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކުރި ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު އަގުތައް މި އަހަރުގެ ޖޫން މަހު ވަނީ 2.56 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

އަގުތައް މި އަހަރުގެ މޭ މަހާ އަޅާބަލާއިރު ޖޫން މަހު 0.26 ޕަސެންޓް ބޮޑުވި އެވެ.

ސީޕީއައި ރިޕޯޓަށް ބަލާއިރު އަގުތައް އެންމެ ބޮޑުވީ ތަރުކާރީގެ ބާވަތްތަކުންނެވެ.

އަގުތައް އުފުލުނު ބާވަތްތައް

  • ތަރުކާރީ – 18.87 ޕަސެންޓް
  • ކިރާއި އެހެނިހެން ޑެއިރީ ބާވަތް އަދި ބިސް – 1.72 ޕަސެންޓް
  • ކޮފީ – 1.27 ޕަސެންޓް
  • ބޫޓާއި ފައިވާން – 0.91 ޕަސެންޓް

ސީޕީއައި ރިޕޯޓަށް ބަލާއިރު މި އަހަރުގެ ޖޫން މަހު ކަރަންޓުގެ އަގު 3.64 ޕަސެންޓް އަދި މޭވާގެ އަގު 2.44 ޕަސެންޓް ހެޔޮވި އެވެ.

ވައިގެ ދަތުރުފަތުރުގެ އަގުތައް 3.77 ޕަސެންޓް ދަށަށް ދިޔައިރު ކަނޑުމަހުގެ އަގު 0.52 ޕަސެންޓް އަގު ހެޔޮވި ކަމަށް ސީޕީއައި ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ސަޕްލައި ފެނުގެ އަގު 0.62 ޕަސެންޓް، ގޭހުގެ އަގު 0.81 ޕަސެންޓް އަދި އަންނައުނުގެ އަގު 0.27 ޕަސެންޓް ހެޔޮވި ކަމަށް ސީޕީއައި ރިޕޯޓްގައި ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *