އާސިފަށް ވަޒީފާ ދިނުން މަޑުޖައްސުވައިފި

ހިޔާނާތުގެ ތުހުމަތުގައި ވަޒީފާއިން ވަކިކޮށްފައި ހުރި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް އަމަލުކުރުން ހައިކޯޓުން ހުއްޓުވައިފި އެވެ.

އާސިފަށް ތުހުމަތު ކުރެވެނީ ޕްރިޒަންސް ކްލަބުގެ ފައިސާތަކެއް އަމިއްލަ އެކައުންޓްތަކަކަށް ޖަމާކުރި މައްސަލައެއްގައެވެ.

ދެހާސް ސައުވީސް ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެންމަތިވި މިމައްސަލައިގައި އާސިފަށް ކުރާ ތުހުމަތުގައިވާ ގޮތުން އޭނާ ވަނީ ޕްރިޒަންސް ކުލަބުގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ނަގާފަ އެވެ.

މައްސަލަ ފެންމަތިވުމާއެކު އާސިފް ސަސްޕެންޑްކުރީ ނޮވެމްބަރު 7، 2024 ގައެވެ. ސަސްޕެންޝަންގައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓުމަށްފަހު އޭނާ ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އާސިފް އެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އާސިފް މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ދޭ ދުވަހާ ހަމައަށް މުސާރަ ދިނުމަށް އަމުރުކޮށްފަ އެވެ. އަދި އާސިފް ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް މީހަކު ނެގުން ހުއްޓާލުމަށްވެސް ސިވިލް ކޯޓުގެ ގާޒީ އިސް ގާޒީ މަރިޔަމް ވަހީދު ކުރެއްވި ހުކުމްގައި އަމުރުކުރައްވާފައިވެ އެވެ.

ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން މައްސަލަ ބައްލަވަމުން ގެންދަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުން މަޑުޖައްސާލުމަށް އަމުރުކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *