އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މިމައްސަލަ ރިޕޯޓްކޮށްފައިވަނީ އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ރަށަކުން ކަމަށެވެ.
ކުށްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މިއީ ކުޑަކުއްޖަކާ ގުޅޭ މައްަސަލައަކަށްވާތީ މިމައްސަލަ އާއި ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް އަދި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ރޭޕްގެ ޝިކާރައަކަށްވި ކުއްޖާ އަކީ ގްރޭޑް 10ގައި ކިޔަވަމުންދާ ކުއްޖެއް ކަމަށް އެނގިފައިވެ އެވެ.




