ރޯދައިގެ ކުރިން އިތުރު 20އަކަށް މިސްކިތް ހުޅުވޭނެ: ޝަހީމް

ރޯދަމަހުގެ ކުރިން އިތުރު 20އަކަށް މިސްކިތް ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ އެ މިނިސްޓްރީން މިހާރުވެސް 81 މަޝްރޫއަށްވުރެ ގިނަ މަޝްރޫއު ކުރިއަށް ގެންދާ ކަމަށެވެ.

އޭގެ ތެެރޭގައި އިސްލާމީ މަރުކަޒުތަކުގެ މަޝްރޫއުތަކާއި މިސްކިތްތަކާއި ވަގުފް ބިނާތަކުގެ މަޝްރޫއުތައް ހިމެނޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ރޯދަމަހުގެ ކުރިން އިތުރު 20އަކަށް މިސްކިތް ހުޅުވިގެންދާނެ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ހުޅުމާލޭގައި ޓިނުން ހަދާފައި ހުރި ވަގުތީ މިސްކިތްތައް ނަގައި ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައި ދާއިމީ މިސްކިތް މި އަހަރު ނިމުމުގެ ކުރިން ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *