އިރީނާގެ މަންދޫބަކަށް ތޯރިގަށް ރުހުން ދީފި

އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އިރީނާ)އަށް ކަނޑައަޅާ ރާއްޖޭގެ މަންދޫބަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރު ތޯރިގު އިބްރާހީމް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިރީނާގެ ދާއިމީ މަންދޫބަކަށް ތޯރިގު ހަމަޖެއްސުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން 57 މެންބަރުން ވަނީ ތޯރިގަށް ރުހުން ދިނުމަށް ތާއީދުކޮށްފަ އެވެ.

ތޯރިގު ވަނީ ޑރ. މުހައްމަދު ވަހީދުގެ ވެރިކަމާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންވަޔަރަންމަންޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ފުރަތަމަ ވަޒީރުންގެ މަޖިލީހުގައިވެސް ތޯރިގު ވަނީ އެންވަޔަރަންމަންޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބަށްފަހު ވަޒީރުންގެ މަޖިލީހަށް ބަދަލެއް ގެންނެވުމަށް ރައީސް މުއިއްޒު ބޭނުންފުޅުވުމުން ތޯރިގު ވަނީ ވަޒީރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.

ދިވެހިރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ސަފީރު ކަމަށް ކަނޑައަޅުއްވާ ސަފީރުކަމަށް ތޯރިގު އައްޔަންކުރެއްވީ މިދިޔަ ޖޫން 25 ވަނަ ދުވަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *