އިންޖިނިއާސް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިންޖިނިއާސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި އެވޯޑުގެ މަގުސަދަކީ ދިވެހި އިންޖިނިއަރުންނާއި އިންޖިނިއަރިންގެ ދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިން ހޯދާ ކާމިޔާބީ ފާހަގަކުރުމެވެ. އަދި ގައުމީ ތަރައްގީގައި އިންޖިނިއަރުންގެ އުފެއްދުންތެރިކަން ފާހަގަކުރުމާއި މިދާއިރާއަށް ޒުވާނުން ޝައުގުވެރިކޮށް ދާއިރާއިން ތައުލީމު ހާސިލްކުރުމަށް ހިތްވަރުދިނުމެވެ.

އިންޖިނިއަރުންގެ އެވޯޑު މިއަހަރު ދިނުމަށް ހަމަޖެހިފައިވަނީ 10 ގިންތިއަކުންނެވެ. އެއީ:-

  • އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް
  • އިންޖިނިއަރިން ކޮންސަލްޓަންޓް/ކޮންސަލްޓަންސީ ފާމް އޮފް ދި އިޔާ އެވޯޑު
  • ކޮންޓްރެކްޓަރ އޮފް ދި އިޔާ އެވޯޑް
  • ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް
  • ވިމެން އިން އިންޖިނިއަރިން އެވޯޑް
  • ލައިފްޓައިމް އެޗިވްމަންޓް އެވޯޑް
  • ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް
  • ސްޓޫޑަންޓް އިނޮވޭޓާ އެވޯޑް
  • އިންޖިނިއަ އޮފް ދި އިޔާ
  • ޔަންގް އިންޖިނިއަ އެވޯޑް

މިއެވޯޑަށް ސަރުކާރު އިދާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އިންޖިނިއަރިން މަސައްކަތް ކުރާ ކުންފުނިތަކާއި ފާމުތަކާއި ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުންނާއި މަޝްރޫއުތައް ހިންގާ ޕްރޮޖެކްޓް ޓީމުތަކާއި އަދި ތައުލީމީ ދާއިރާ ނުވަތަ ދިރާސާކުރާ ޓީމުތަކަށްވެސް ކުރިމަތިލެވޭނެ އެވެ.

އިންޖިނިއާސް އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިންޖިނޭރުންނަށް ހާއްސަ އެވޯޑެއް ދޭން ނިންމަވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާންކުރެއްވީ މިދިޔަ އަހަރު ރާއްޖޭގައި ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރި އިންޖިނޭރުންގެ ދުވަހުގެ ފޮނުވި ހިތާބުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *